ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން:

ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން:

  1. މި ޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 02 އަހަރު ދުވަހުގެ މުއްދަތަށް ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން  (IUL)120-D/1/2023/62 ގައި މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
  2. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން އޮންނާނީ 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހ.އަސްރަފީވިލާ، 02 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.
  4. ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.   
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް  މި އިޢުލާންގެ 08 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 03 ވާ އާދީއްތަ ދުވަހުގެ 10:00 ގައިޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 02 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ހ.އަސްރަފިވިލާ، 02 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ.                                                

ފޯން:   4009366 / 7533006

އީ-މެއިލް: [email protected]

12 ޖުމާދުލްއޫލާ 1445

26 ނޮވެންބަރު 2023

26 ނޮވެންބަރު 2023
ހޯދާ