ބީލަން
ނަންބަރު: (IUL)120-D/1/2023/66
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި:
03 ޑިސެންބަރު 2023 10:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން:
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން:
- މި ޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 02 އަހަރު ދުވަހުގެ މުއްދަތަށް ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން (IUL)120-D/1/2023/62 ގައި މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
- މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން އޮންނާނީ 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހ.އަސްރަފީވިލާ، 02 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.
- ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިޢުލާންގެ 08 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 03 ވާ އާދީއްތަ ދުވަހުގެ 10:00 ގައިޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 02 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ހ.އަސްރަފިވިލާ، 02 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 4009366 / 7533006
އީ-މެއިލް: [email protected]
12 ޖުމާދުލްއޫލާ 1445
26 ނޮވެންބަރު 2023
26 ނޮވެންބަރު 2023