މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

އިމާމު (ވަގުތީ)

ބޭނުންވާ އަދަދު

 

ހަމަޖައްސާ ސެކްޝަން: މިސްކިތްތަކާބެހޭ ޔުނިޓް.

ޚާއްޞަކޮށް ވިލިނގިލީއަވަށުގެ މިސްކިތަށް /މާލޭ މިސްކިތްތަކުގެ ތެރެއިން މި މިނިސްޓްރީން ހަމަޖައްސާ މިސްކިތަކަށް

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/4,465 ރ.

ސާރވިސް އެލަވަންސް: -/1,500 ރ.

މަޤާމުގެ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  2. ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  3. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. ޝަހާދާ ޘާނަވިއްޔާ އަދި ޤިރާއަތު ސެޓުފިކެޓު ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ބަންގިގޮވުމާއި އިމާމުވެ ނަމާދު ކުރުން.
  2. މިސްކިތް ސާފުކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓްގެ ދަށުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  3. މިސްކިތަށް ދަތިވާ ކޮންމެކަމެއް އޮފީހަށް އަންގައި ރަނގަޅު ކުރެވޭތޯ ބެލުމާއި، އަދި މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފަށް އަންގައި ހައްލުކުރުވުން
  4. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމުގެ މަސައްކަތްކުރުވުން.
  5. މިސްކިތުގައި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ އެކަން އިންތިޒާކޮށްދިނުމާއި ބައްދަލުވުން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  6. މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާފަދަ ކަންކަން ކުރޭތޯ ބަލައި އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާ އަށް އެދޭ ފަރާތުގެ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން މި މިނިސްޓްރީން ހަމަޖައްސާ މިސްކިތެއް.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑި: ކޮންމެ ފަރުޟު ފަސްނަމާދުގެ ވަގުތު ޖެހުމުގެ ކުރިން މި މިނިސްޓްރީން ހަމަޖައްސާފައިވާ މިސްކިތަކަށް ވަޑައިގެން ފަރުޟު ފަސްނަމާދު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

ޝަހާދާ ޘާނަވިއްޔާ އަދި ޤިރާޔަތު ސެޓުފިކެޓު ލިބިފައިވާ ފަރާތްތައް މި މިނިސްޓްރީގެ ފަރާތުން އިތުރު ޓެސްޓެއް ކުރެވޭނެއެވެ.

ސުންގަޑި

  • 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް          ( އިސްލާމީ މަރުކަޒު )
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020251 އަށް އަދި ފެކްސް ނަންބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.
09 މާރިޗު 2015
ހޯދާ