މަޤާމު
|
އިމާމު (ވަގުތީ)
|
ބޭނުންވާ އަދަދު
|
|
ހަމަޖައްސާ ސެކްޝަން: މިސްކިތްތަކާބެހޭ ޔުނިޓް.
ޚާއްޞަކޮށް ވިލިނގިލީއަވަށުގެ މިސްކިތަށް /މާލޭ މިސްކިތްތަކުގެ ތެރެއިން މި މިނިސްޓްރީން ހަމަޖައްސާ މިސްކިތަކަށް
|
ރޭންކް
|
ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
|
-/4,465 ރ.
|
ސާރވިސް އެލަވަންސް: -/1,500 ރ.
|
މަޤާމުގެ ޝަރުޠު
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- ޝަހާދާ ޘާނަވިއްޔާ އަދި ޤިރާއަތު ސެޓުފިކެޓު ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ބަންގިގޮވުމާއި އިމާމުވެ ނަމާދު ކުރުން.
- މިސްކިތް ސާފުކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓްގެ ދަށުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- މިސްކިތަށް ދަތިވާ ކޮންމެކަމެއް އޮފީހަށް އަންގައި ރަނގަޅު ކުރެވޭތޯ ބެލުމާއި، އަދި މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފަށް އަންގައި ހައްލުކުރުވުން
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމުގެ މަސައްކަތްކުރުވުން.
- މިސްކިތުގައި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ އެކަން އިންތިޒާކޮށްދިނުމާއި ބައްދަލުވުން ނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާފަދަ ކަންކަން ކުރޭތޯ ބަލައި އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާ އަށް އެދޭ ފަރާތުގެ ފޯމު
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން މި މިނިސްޓްރީން ހަމަޖައްސާ މިސްކިތެއް.
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ގަޑި: ކޮންމެ ފަރުޟު ފަސްނަމާދުގެ ވަގުތު ޖެހުމުގެ ކުރިން މި މިނިސްޓްރީން ހަމަޖައްސާފައިވާ މިސްކިތަކަށް ވަޑައިގެން ފަރުޟު ފަސްނަމާދު ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
ޝަހާދާ ޘާނަވިއްޔާ އަދި ޤިރާޔަތު ސެޓުފިކެޓު ލިބިފައިވާ ފަރާތްތައް މި މިނިސްޓްރީގެ ފަރާތުން އިތުރު ޓެސްޓެއް ކުރެވޭނެއެވެ.
|
ސުންގަޑި
- 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ( އިސްލާމީ މަރުކަޒު )
- ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020251 އަށް އަދި ފެކްސް ނަންބަރަކީ 3315161
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|