ދިވެހިރާއްޖެ
ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން
ގދ.ގައްދޫ އިން ކެއިންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށް ދިނުމަށް 2023 އޮކްޓޯބަރ 25 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2023/100 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ގދ.ގައްދޫ ސެންޓްރަލް ޕާރކް އާއި ދިމާލަށް، ވަތަބަނޑޭރި މަގުގެ އިރުމަތީގައި ރަސްފަންނުގެ އުތުރަށް އޮތް ހުސްބިމުން 1000 ) އެއްހާސް ( އަކަފޫޓްގެ ބިން ކެއުންބުއިމުގެ ޚިދުމަތްތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތހުޅުވާލަމެވެ.
ވީމާ، މިބިމުގައި ކެއުންބިއުމުގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
|
2 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.
|
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ނޮވެމްބަރ 2023