ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2023/120
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:57
ސުންގަޑި: 30 ނޮވެންބަރު 2023 10:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ކެއުންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                   ގދ.ގައްދޫ އިން ކެއިންބުއިމުގެ ޚިދުމަތްތަކަށް ބިން ކުއްޔަށް ދިނުމަށް 2023 އޮކްޓޯބަރ 25 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2023/100 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ގދ.ގައްދޫ ސެންޓްރަލް ޕާރކް އާއި ދިމާލަށް، ވަތަބަނޑޭރި މަގުގެ އިރުމަތީގައި ރަސްފަންނުގެ އުތުރަށް އޮތް ހުސްބިމުން  1000  ) އެއްހާސް ( އަކަފޫޓްގެ ބިން ކެއުންބުއިމުގެ ޚިދުމަތްތަކަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތހުޅުވާލަމެވެ.   

               ވީމާ، މިބިމުގައި ކެއުންބިއުމުގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 30:10 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

      22  ނޮވެމްބަރ 2023                                                  

22 ނޮވެންބަރު 2023