ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުން

މިއިދާރާއިން ދޫކުރާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

އެގްޒަމިނަރުންބޭނުންވާޢަދަދު: 03

އެގްޒަމިނަރުންބޭނުންވާމުއްދަތު: 02 އަހަރު ދުވަސް

ޝަރުތު

  1. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން ( ލައިސަންސްގެ އަސްލާއި ކޮޕީ )
  2. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރު ދުވަސް ވެފައިވާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  3. ނިޔަމި ކޯސް ކެޓަގެރީ 2 ނުވަތަ އެއަށްވުރެ މަތިން ސެޓްފިކެޓް ހާޞިލްކޮށްފައިވުން
  4. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން ،އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން
  5. ޕޮލިސް ރިޕޯޓް ( ތިންމަސްހަމަނުވާ)
  6. މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ
  7. ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައި ވުން
  8. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން

އުޖޫރަ

ޕްރެކްޓިކަލް ޓެސްޓް އަލަށް ހެދުމަށް -/25 ރުފިޔާ.

ކެޓަގަރީ އިތުރުކުރުމަށް -/15 ރުފިޔާ.

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި:

މިކަމަށް އެދިލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ކޮޕީއާއެކު، އެކަމަށް އެދި ސިޓީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް 6620201  ފޯނާއި ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2023
ހޯދާ