ދިވެހިރާއްޖެ
މިއިދާރާއިން ދޫކުރާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. އެގްޒަމިނަރުންބޭނުންވާޢަދަދު: 03 އެގްޒަމިނަރުންބޭނުންވާމުއްދަތު: 02 އަހަރު ދުވަސް ޝަރުތު
އުޖޫރަ ޕްރެކްޓިކަލް ޓެސްޓް އަލަށް ހެދުމަށް -/25 ރުފިޔާ. ކެޓަގަރީ އިތުރުކުރުމަށް -/15 ރުފިޔާ. އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
|
ސުންގަޑި: |
މިކަމަށް އެދިލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ކޮޕީއާއެކު، އެކަމަށް އެދި ސިޓީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރެއްވުމަށް 6620201 ފޯނާއި ގުޅުއްވުން އެދެމެވެ. |