މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
7 ސީޓަރ ވޭން އެއް ގަތުމަށް
މި އިދާރާގެ ބޭނުމަށް 7 ސީޓަރ ވޭނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ވޭން އެއް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން ސުންގަޑި އަކީ 15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 500.00 ( ފަސްސަތޭކަ) ރުފިޔާގެ ދެއްކެވުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ހަވާލުކުރެވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގަ އެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6641012 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
07 ނޮވެމްބަރ 2023
07 ނޮވެންބަރު 2023
ހޯދާ