ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-B/330/2023/61
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 21:01
ސުންގަޑި: 16 ނޮވެންބަރު 2023 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
7 ސީޓަރ ވޭން އެއް ގަތުމަށް

މި އިދާރާގެ ބޭނުމަށް 7 ސީޓަރ ވޭނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ވޭން އެއް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން ސުންގަޑި އަކީ 15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 500.00 ( ފަސްސަތޭކަ) ރުފިޔާގެ ދެއްކެވުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ހަވާލުކުރެވޭނެއެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގަ އެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6641012 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

 

07 ނޮވެމްބަރ 2023

07 ނޮވެންބަރު 2023