ދިވެހިރާއްޖެ
މިކުންފުނީ މުވައްޒަފުންގެ ޔުނީފޯމު ( ގަމީސް، ފަޓްލޫނު ) އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް 16 ފެބުރުވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު: MGPL-HR/AD/15-08 އާ ގުޅިގެން ހުށަހެޅުން ލިބިފައިވަނީ 2 ފަރާތުން ކަމަށްވާތީ މި އިއުލާން ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް |
24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށްް |
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
21-2# އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ، 2 ވަނަ ފަންގިފިލާ
އޯކިޑްމަގު، މާލެ
ފޯން: 3335614
މިކަމަށް އެދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.