މަސައްކަތް
ނަންބަރު: MGPL-HR/AD/15-11
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 17 މާރިޗު 2015 13:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

މިކުންފުނީ މުވައްޒަފުންގެ ޔުނީފޯމު ( ގަމީސް، ފަޓްލޫނު ) އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް 16 ފެބުރުވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު: MGPL-HR/AD/15-08 އާ ގުޅިގެން ހުށަހެޅުން ލިބިފައިވަނީ 2 ފަރާތުން ކަމަށްވާތީ މި އިއުލާން ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް

24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށްް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

21-2# އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ، 2 ވަނަ ފަންގިފިލާ

އޯކިޑްމަގު، މާލެ

ފޯން: 3335614

މިކަމަށް އެދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

12 މާރިޗު 2015