ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ލޯޑަރ (Backhoe Wheel Loader) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

* ބީލަން ހުށަހެޅުމުގެ ދަޢުވަތު:

ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ލޯޑަރ (Backhoe Wheel Loader) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ.

1-               ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނު ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30 އަށް މިއިދާރާއަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ "ބީލަން ރަޖިސްޓްރޭޝަން ފޯމު" ހުށަހަޅައިގެންނެވެ. ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފީ އަކީ 150/-(ސަތޭކަ ފަންސާސް) ރުފިޔާއެވެ.

2-               އޮންލައިންކޮށް ރަޖިސްޓްރީވާ ފަރާތްތަކުން ފައިސާ ދެއްކި ސްލިޕާއެކު ފުރިހަމަ ކޮށްފައިވާ ފޯމު ދެންނެވިފައިވާ މެއިލް އެޑްރެހަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ 11:30 ނިޔަލަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

3-               މި ބީލަމުގައި ޕްރީ ބިޑް މީޓިންގ އެއް ނޯންނާނެއެވެ.

4-               ބީލަމާ ގުޅިގެން މައުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިޢުލާނު ގެޒެޓް ކުރާ ތާރީހުން ފެށިގެން 2023 ނޮވެމްބަރ 23 ވަނަ ދުވަހު މެންދުރު 12:00 އާ ދެމެދު، ތިރީގައި ދީފައިވާ އީމެއިލް އެޑްރެހަށް އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން ކުރެވޭ ސުވާލު ތަކަށް ޖަވާބެއް ނުދެވޭނެއެވެ.

5-               އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ނޮވެމްބަރ 30 ވަނަދުވަހުގެ 11:00 ގައި ދ. ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި، ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.

6-               ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައި ގަންވާނެއެވެ. އަދި އެދިލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

7-               ލިޔެކިޔުން ފޮނުވާނެ އެޑްރެހާއި ފައިސާ ދެއްކުމަށް ބޭނުންވާނެ އިތުރު މައުޅޫމާތު.

  1. އެޑްރެސް : ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
  2. އެކައުންޓް ނަންބަރު: 7730000135156
  3. އެކައުންޓް ނަން: 1430 Revenue 1
  4. ޓްރާންސްފާރ ސްލިޕް ފޮނުވާނެ ނަންބަރ : 9781899
  5. އީމެއިލް: [email protected]  

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

06 ނޮވެންބަރު 2023
ހޯދާ