ދިވެހިރާއްޖެ
އިޢުލާން
* ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ލޯޑަރ (Backhoe Wheel Loader) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ.
1- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނު ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30 އަށް މިއިދާރާއަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ "ބީލަން ރަޖިސްޓްރޭޝަން ފޯމު" ހުށަހަޅައިގެންނެވެ. ބީލަމުގައި ރަޖިސްޓްރީ ވުމުގެ ފީ އަކީ 150/-(ސަތޭކަ ފަންސާސް) ރުފިޔާއެވެ.
2- އޮންލައިންކޮށް ރަޖިސްޓްރީވާ ފަރާތްތަކުން ފައިސާ ދެއްކި ސްލިޕާއެކު ފުރިހަމަ ކޮށްފައިވާ ފޯމު ދެންނެވިފައިވާ މެއިލް އެޑްރެހަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ 2023 ނޮވެމްބަރ 16 ވަނަ ދުވަހުގެ 11:30 ނިޔަލަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
3- މި ބީލަމުގައި ޕްރީ ބިޑް މީޓިންގ އެއް ނޯންނާނެއެވެ.
4- ބީލަމާ ގުޅިގެން މައުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިޢުލާނު ގެޒެޓް ކުރާ ތާރީހުން ފެށިގެން 2023 ނޮވެމްބަރ 23 ވަނަ ދުވަހު މެންދުރު 12:00 އާ ދެމެދު، ތިރީގައި ދީފައިވާ އީމެއިލް އެޑްރެހަށް އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން ކުރެވޭ ސުވާލު ތަކަށް ޖަވާބެއް ނުދެވޭނެއެވެ.
5- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ނޮވެމްބަރ 30 ވަނަދުވަހުގެ 11:00 ގައި ދ. ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި، ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
6- ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައި ގަންވާނެއެވެ. އަދި އެދިލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.
7- ލިޔެކިޔުން ފޮނުވާނެ އެޑްރެހާއި ފައިސާ ދެއްކުމަށް ބޭނުންވާނެ އިތުރު މައުޅޫމާތު.
- އެޑްރެސް : ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ޓްރާންސްފާރ ސްލިޕް ފޮނުވާނެ ނަންބަރ : 9781899
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.