މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސިޑީގައި ރެއިލިންގ ހަރުކުރުން

މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ބަނދަރުގެ ސިޑީގެ ރެއިލިންގ އަމިއްލަތަކެތީގައި ހަދާ ހަރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު:

  • މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ނޯންނާނެއެވެ. މަސައްކަތާގުޅޭ މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްއިދާރާގެ ނަންބަރު 6720035 ފޯނަށް ގުޅުމުން ނުވަތަ ކައުންސިލްގެ [email protected]  އަށް މެއިލް ކޮށްގެން މަޢުލޫމާތު ދެވޭނެއެވެ. މަޢުލޫމާތު ދިނުން އޮންނާނީ 06 ނޮވެމްބަރ 2023 އިން 09 ނޮވެމްބަރ 2023ގެ 14:00 ގެ ނިޔަލަށެވެ.
  • މަސައްކަތާގުޅޭ ގޮތުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ 11:00ގައި ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންއެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީ ހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ ހުށަހަޅާ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
  • ޕޮއިންޓް އެއްވަރުވެއްޖެނަމަ މަސައްކަތް ހަވާލުކުރެވޭނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައިގެންނެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނީ ތިރީގައިމިވާ ކަންކަމަށެވެ.

މަސައްކަތު އަގަށް

85%

މުއްދަތަށް

10%

ތަޖުރިބާއަށް ( މިބަޔަށް ޕޮއިންޓް ދެވޭނީ ސަރުކާރުގެ މުއައްޞަސާ ތަކާއި، ސަރުކާރުގެ ޙިއްޞާވާ ކުންފުނިތަކުން ދޫކުރާ މަސައްކަތާއި ގުޅުންހުރި ދާޢިރާއަކުން ދޫކޮށްފައިވާ ލިޔުންތަކަށެވެ. )

5%

އިތުރު މަޢުލޫމާތު

  1. ފޯން: 6720035
  2. އީމެއިލް: [email protected]
  3. ވެބްސައިޓް: www.veyvah.gov.mv
  4. މި މަސައްކަތާއި ގުޅޭ ލިޔުންތައް ކައުންސިލްގެ ވެބްސައިޓުން 06 ނޮވެމްބަރ 2023ގެ ފަހުން ލިބެން ހުންނާނެއެވެ.
06 ނޮވެންބަރު 2023
ހޯދާ