މަސައްކަތް
ނަންބަރު: (IUL)363-ADM/363/2023/28
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި:
13 ނޮވެންބަރު 2023 11:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު ސިޑީގައި ރެއިލިންގ ހަރުކުރުން
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ބަނދަރުގެ ސިޑީގެ ރެއިލިންގ އަމިއްލަތަކެތީގައި ހަދާ ހަރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު:
- މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ނޯންނާނެއެވެ. މަސައްކަތާގުޅޭ މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްއިދާރާގެ ނަންބަރު 6720035 ފޯނަށް ގުޅުމުން ނުވަތަ ކައުންސިލްގެ [email protected] އަށް މެއިލް ކޮށްގެން މަޢުލޫމާތު ދެވޭނެއެވެ. މަޢުލޫމާތު ދިނުން އޮންނާނީ 06 ނޮވެމްބަރ 2023 އިން 09 ނޮވެމްބަރ 2023ގެ 14:00 ގެ ނިޔަލަށެވެ.
- މަސައްކަތާގުޅޭ ގޮތުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ 11:00ގައި ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންއެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީ ހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ ހުށަހަޅާ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- ޕޮއިންޓް އެއްވަރުވެއްޖެނަމަ މަސައްކަތް ހަވާލުކުރެވޭނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައިގެންނެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނީ ތިރީގައިމިވާ ކަންކަމަށެވެ.
މަސައްކަތު އަގަށް |
85% |
މުއްދަތަށް |
10% |
ތަޖުރިބާއަށް ( މިބަޔަށް ޕޮއިންޓް ދެވޭނީ ސަރުކާރުގެ މުއައްޞަސާ ތަކާއި، ސަރުކާރުގެ ޙިއްޞާވާ ކުންފުނިތަކުން ދޫކުރާ މަސައްކަތާއި ގުޅުންހުރި ދާޢިރާއަކުން ދޫކޮށްފައިވާ ލިޔުންތަކަށެވެ. ) |
5% |
އިތުރު މަޢުލޫމާތު
- ފޯން: 6720035
- އީމެއިލް: [email protected]
- ވެބްސައިޓް: www.veyvah.gov.mv
- މި މަސައްކަތާއި ގުޅޭ ލިޔުންތައް ކައުންސިލްގެ ވެބްސައިޓުން 06 ނޮވެމްބަރ 2023ގެ ފަހުން ލިބެން ހުންނާނެއެވެ.
06 ނޮވެންބަރު 2023