ދިވެހިރާއްޖެ
މި ބިއުރޯގެ ބޭނުމަށް 100 ޓީޝާޓްޕްރިންޓްކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރު 12 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށަހަޅުއްވާއިރު ޓީޝާޓް ފޮތީގެ ނަމޫނާ ހުށަހަޅުއްވަންވާނެއެވެ. ޓީޝާޓްގެ ނަމޫނާ މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމައުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރައްވަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މަސައްކަތް ހަވާލުކުރުމުގައި ބަލާނީ އެންމެ ހެޔޮއަގަކަށާއި ޓީ-ޝާޓް ފޮތީގެ ސާމްޕަލްއަށެވެ. އަދި މަސައްކަތް ނިންމައި ދެވޭނެ މުއްދަތެއް އެނގެން އޮންނަންވާނެއެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.