މަސައްކަތް
ނަންބަރު: (IUL) 457-AIT/1/2023/ 48
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 12 ނޮވެންބަރު 2023 13:30
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޓީ ޝާރޓް ޕްރިންޓް ކުރުން

    މި ބިއުރޯގެ ބޭނުމަށް 100 ޓީޝާޓްޕްރިންޓްކުރުމަށް ބޭނުންވެއްޖެއެވެ.

    ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރު 12 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށަހަޅުއްވާއިރު ޓީޝާޓް ފޮތީގެ ނަމޫނާ ހުށަހަޅުއްވަންވާނެއެވެ. ޓީޝާޓްގެ ނަމޫނާ މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމައުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރައްވަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

    މަސައްކަތް ހަވާލުކުރުމުގައި ބަލާނީ އެންމެ ހެޔޮއަގަކަށާއި ޓީ-ޝާޓް ފޮތީގެ ސާމްޕަލްއަށެވެ. އަދި މަސައްކަތް ނިންމައި ދެވޭނެ މުއްދަތެއް އެނގެން އޮންނަންވާނެއެވެ.

    މިބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2023