އިޢުލާނު
|
މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް (2 އަހަރު)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާއުނގޫދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރު
|
މަސައްކަތު ގަޑި:
|
ދުވާހަލު 8 ގަޑިއިރު
ހެނދުނު 8:00 އިން ހަވީރު 16:00 އަށް (މެންދުރު ކެއުމަށް 2 ގަޑިއިރުގެ ހުސްވަގުތު ދެވޭނެ)
|
މުސާރައާއި އެލަވަންސް:
|
އަސާސީ މުސާރަ: މަހަކު 5,000/- ރުފިޔާ
އިތުރު ގަޑީގެ އެލަވަންސް: މަހަކު 500/- ރުފިޔާ
|
މަޤާމުގެ ޝަރުތުތައް:
|
ލިޔަންކިޔަން ދަތުމާއިއެކު، ފުރިހަމަ ޞިއްޙަތެއްގައި ހުރި، ބުރަ މަސައްކަތް ކުރެވޭ އަދި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކުނިނައްތާލުމުގެ މަސައްކަތް މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި އެކަންކަން ސުޕަވައިޒްކުރުން.
- ކޮންމެ ދުވަހަކުވެސް ކުނިނެގުމަށް ހަމަޖެހިފައިވާ އުޞޫލުން ކުނިނަގައި ނިމުމަށް ފަހު ކުނިއުފުލުމުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލް އަދި އެހެނިހެން ސާމާނު ދޮވެ ސާފުކުރުމާއި، މަސައްކަތަށް ބޭނުންކުރި ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން.
- ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމާއި ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެންމެހާ ކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ވޭސްޓުމެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރަން ބޭނުންކުރާ ވެހިކަލް އަދި މެޝިނަރީސް ފަދަ އެންމެހާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
- ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުން މެދުވެރިކޮށް މަސައްކަތްކުރުވުމާއި އެކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި އިތުރުގަޑި މޮނިޓަރކޮށް ބެލެހެއްޓުމާއި ކައުންސިލަށް ރިޕޯޓްކުރުން.
- ބިދޭސީ މުވައްޒަފުންގެ ބޭސްފަރުވާގެ ކަންކަމާއި އެހެނިހެން ކަންކަން ބެލެހެއްޓުން.
- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، ރަށުތެރޭގައި އުފެދޭ ކުނި ނައްތާލުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަސައްކަތުގެ ތަޖުރިބާ
- އިންޓަވިއު
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ށ. މާއުނގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- މަޤާމަށް އެދޭ ފަރާތުގެ ވަނަވަރު.
- ތަޖުރިބާގެ ލިޔުންތައް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ށ. މާއުނގޫދޫ ކައުންސިލްގެ އިދާރާއަށެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ނޮވެމްބަރު 09 އާއި 12 އާ ދެމެދު، މާއުނގޫދޫ ކައުންސިލްގެ އިދާރާ ގައެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540056 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|