ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)282/282/2023/44
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 09 ނޮވެންބަރު 2023 14:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވޭސްޓްމެނޭޖްމަންޓް ސެންޓަރ)

އިޢުލާނު

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (2 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާއުނގޫދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރު

މަސައްކަތު ގަޑި:

ދުވާހަލު 8 ގަޑިއިރު

ހެނދުނު 8:00 އިން ހަވީރު 16:00 އަށް (މެންދުރު ކެއުމަށް 2 ގަޑިއިރުގެ ހުސްވަގުތު ދެވޭނެ)

މުސާރައާއި އެލަވަންސް:

އަސާސީ މުސާރަ: މަހަކު 5,000/- ރުފިޔާ

އިތުރު ގަޑީގެ އެލަވަންސް: މަހަކު 500/- ރުފިޔާ

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން ދަތުމާއިއެކު، ފުރިހަމަ ޞިއްޙަތެއްގައި ހުރި، ބުރަ މަސައްކަތް ކުރެވޭ އަދި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކުނިނައްތާލުމުގެ މަސައްކަތް މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި އެކަންކަން ސުޕަވައިޒްކުރުން.
  2. ކޮންމެ ދުވަހަކުވެސް ކުނިނެގުމަށް ހަމަޖެހިފައިވާ އުޞޫލުން ކުނިނަގައި ނިމުމަށް ފަހު ކުނިއުފުލުމުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލް އަދި އެހެނިހެން ސާމާނު ދޮވެ ސާފުކުރުމާއި، މަސައްކަތަށް ބޭނުންކުރި ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން.
  3. ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމާއި ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެންމެހާ ކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
  4. ވޭސްޓުމެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރަން ބޭނުންކުރާ ވެހިކަލް އަދި މެޝިނަރީސް ފަދަ އެންމެހާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  5. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުން މެދުވެރިކޮށް މަސައްކަތްކުރުވުމާއި އެކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
  6. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި އިތުރުގަޑި މޮނިޓަރކޮށް ބެލެހެއްޓުމާއި ކައުންސިލަށް ރިޕޯޓްކުރުން.
  7. ބިދޭސީ މުވައްޒަފުންގެ ބޭސްފަރުވާގެ ކަންކަމާއި އެހެނިހެން ކަންކަން ބެލެހެއްޓުން.
  8. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، ރަށުތެރޭގައި އުފެދޭ ކުނި ނައްތާލުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ތަޖުރިބާ
  2. އިންޓަވިއު

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ށ. މާއުނގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  3. މަޤާމަށް އެދޭ ފަރާތުގެ ވަނަވަރު.
  4. ތަޖުރިބާގެ ލިޔުންތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ށ. މާއުނގޫދޫ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ނޮވެމްބަރު 09 އާއި 12 އާ ދެމެދު، މާއުނގޫދޫ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540056 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

02 ނޮވެންބަރު 2023