ދިވެހިރާއްޖެ
ފ.ބިލެތްދޫ "މަސްޖިދުލް ވަޙުދާ" މިސްކިތް އުވާލައި ޕްރީސްކޫލް ހިންގުމަށް މަރާމާތުކުރުން
މި އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް ފ.ބިލެތްދޫ "މަސްޖިދުލް ވަޙުދާ" މިސްކިތް އުވާލައި، ޕްރީސްކޫލް ހެދުމަށް ބޭނުންވާ މިދަންނަވާ މަރާމާތު އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ހުޅަނގު އިންފާރުގައިވާ ދޮރާށި ބެއްދުން
- ހުޅަނގު އިންފާރު އުސްކުރުން
- އެނަރޖީ ލައިޓް ހަރުކުރުން
- އުތުރު ފަރާތު ކަން ހެދުން
- ފާޚާނާ ހެދުން
- ގޭޓް ހަރުކުރުން
- ދެކުނު ފަރާތުގެ ފާރު ރޭނުން
- ވޯކްވޭ ހެދުން
- ވެލިގަނޑު ހެދުން
- އިރުމަތީ ފާރުގެ ފެންސް
- ގޯތީގައި ޖަހާފައިވާ ގައު ނެގުން
- ފަންކާ ބަދަލުކުރުމާއި ލައިޓް ހަރުކުރުން
- ޕާޓިޝަންޖެހުން
- އިމާރާތާއި މަގުފާރުގައި ކުލަލުން
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން 15 މާރިޗު 2015ވާ ދުވަހުގެ 14:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 22 މާރިޗު 2015ވާ އާދީއްތަ ދުވަހުގެ 14:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
- މަސައްކަތުގެ އަގަށް %60
- މަސައްކަތުގެ މުއްދަތަށް %20
- މަސައްކަތުގެ ތަޖުރިބާ % 10 (ހުށަހަޅާ ލިޔުންތަކަށް ބަލައި)
- މާލީގޮތުން ތަނަވަސްކަންހުރިމިންވަރަށް %5 (ހުށަހަޅާ ލިޔުންތަކަށް ބަލައި)
- ފަންނީގޮތުން ޤާބިލުކަންހުރި މިންވަރަށް %5 (ހުށަހަޅާ ލިޔުންތަކަށް ބަލައި)
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ބަންދުނޫން ދުވަސްތަކުގެ 9:00ން 14:00އަށް މިއިދާރާގެ ނަންބަރު 6740013 އަށް ގުޅުއްވުން އެދެމެވެ.