މަސައްކަތް
ނަންބަރު: 371-B2/2015/11
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 15 މާރިޗު 2015 14:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ 'މަސްޖިދުލް ވަޙުދާ' މިސްކިތް އުވާލައި ޕްރީސްކޫލް ހިންގުމަށް މަރާމާތު ކުރުން

ފ.ބިލެތްދޫ "މަސްޖިދުލް ވަޙުދާ" މިސްކިތް އުވާލައި ޕްރީސްކޫލް ހިންގުމަށް މަރާމާތުކުރުން

މި އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް ފ.ބިލެތްދޫ "މަސްޖިދުލް ވަޙުދާ" މިސްކިތް އުވާލައި، ޕްރީސްކޫލް ހެދުމަށް ބޭނުންވާ މިދަންނަވާ މަރާމާތު އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ހުޅަނގު އިންފާރުގައިވާ ދޮރާށި ބެއްދުން
  • ހުޅަނގު އިންފާރު އުސްކުރުން
  • އެނަރޖީ ލައިޓް ހަރުކުރުން
  • އުތުރު ފަރާތު ކަން ހެދުން
  • ފާޚާނާ ހެދުން
  • ގޭޓް ހަރުކުރުން
  • ދެކުނު ފަރާތުގެ ފާރު ރޭނުން
  • ވޯކްވޭ ހެދުން
  • ވެލިގަނޑު ހެދުން
  • އިރުމަތީ ފާރުގެ ފެންސް
  • ގޯތީގައި ޖަހާފައިވާ ގައު ނެގުން
  • ފަންކާ ބަދަލުކުރުމާއި ލައިޓް ހަރުކުރުން
  • ޕާޓިޝަންޖެހުން
  • އިމާރާތާއި މަގުފާރުގައި ކުލަލުން

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން 15 މާރިޗު 2015ވާ ދުވަހުގެ 14:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 22 މާރިޗު 2015ވާ އާދީއްތަ ދުވަހުގެ 14:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

- މަސައްކަތުގެ އަގަށް              %60

- މަސައްކަތުގެ މުއްދަތަށް            %20

- މަސައްކަތުގެ ތަޖުރިބާ            % 10 (ހުށަހަޅާ ލިޔުންތަކަށް ބަލައި)

- މާލީގޮތުން ތަނަވަސްކަންހުރިމިންވަރަށް   %5  (ހުށަހަޅާ ލިޔުންތަކަށް ބަލައި)

- ފަންނީގޮތުން ޤާބިލުކަންހުރި މިންވަރަށް   %5  (ހުށަހަޅާ ލިޔުންތަކަށް ބަލައި)

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ބަންދުނޫން ދުވަސްތަކުގެ 9:00ން 14:00އަށް މިއިދާރާގެ ނަންބަރު 6740013 އަށް ގުޅުއްވުން އެދެމެވެ.

01 މާރިޗު 2015