ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

މިކައުންސިލްގެ ނަންބަރު (IUL)401/401/2023/52 (23 އޮކްޓޯބަރ 2023) އިޢުލާނުން ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް އިތުރަށް ދެވިފައިވާ މުއްދަތު 25 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ވަނީ ހަމަވެފައެވެ.

ނަމަވެސް، މިދެންނެވި މުއްދަތުގެ ފަހުންވެސް ބައެއް ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާތީ އާއި ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 28 އޮކްޓޯބަރ 2023 (ހޮނިހިރު) ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އިޢުލާން ކުރަމެވެ.

މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް:

-          ފޮނަދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތައް

-          ރަޖިސްޓްރީވެގެން ފޮނަދޫގައި ހިންގާ ކުޅިވަރު އެކަޑަމީތައް

-          ފޮނަދޫގައި ހިންގާ އޮފީސް، ކުންފުނި އަދި ވިޔަފާރިތަކުގެ ރެކްރިއޭޝަން ކުލަބުތަކަށް. (މައި އޮފީސް އެހެން ރަށެއްގައި ހުރެ، ފޮނަދޫގައި ބްރާންޗް ހިންގި ކަމުގައިވިޔަސް، މައިއޮފީހުގެ ރެކްރިއޭޝަން ކުލަބުގެ ނަމުގައި ބައިވެރި ވެވޭނެއެވެ.)

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://rb.gy/iuf86

ޓީމް ލިސްޓް ހުށަހަޅާ ފޯމް: https://rb.gy/hodxe

ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި: 30 އޮކްޓޯބަރ 2023 (ހޯމަ) ދުވަހުގެ 14:00

މުބާރާތުގެ ޤަވާޢިދު މިކައުންސިލުގެ ވެބްސައިޓް https://rb.gy/9kar2އިން ލިބެން ހުންނާނެއެވެ.

 

26 އޮކްޓޫބަރު 2023
ހޯދާ