ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރު (IUL)401/401/2023/52 (23 އޮކްޓޯބަރ 2023) އިޢުލާނުން ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް އިތުރަށް ދެވިފައިވާ މުއްދަތު 25 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ވަނީ ހަމަވެފައެވެ. ނަމަވެސް، މިދެންނެވި މުއްދަތުގެ ފަހުންވެސް ބައެއް ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާތީ އާއި ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 28 އޮކްޓޯބަރ 2023 (ހޮނިހިރު) ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އިޢުލާން ކުރަމެވެ. މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް: - ފޮނަދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތައް - ރަޖިސްޓްރީވެގެން ފޮނަދޫގައި ހިންގާ ކުޅިވަރު އެކަޑަމީތައް - ފޮނަދޫގައި ހިންގާ އޮފީސް، ކުންފުނި އަދި ވިޔަފާރިތަކުގެ ރެކްރިއޭޝަން ކުލަބުތަކަށް. (މައި އޮފީސް އެހެން ރަށެއްގައި ހުރެ، ފޮނަދޫގައި ބްރާންޗް ހިންގި ކަމުގައިވިޔަސް، މައިއޮފީހުގެ ރެކްރިއޭޝަން ކުލަބުގެ ނަމުގައި ބައިވެރި ވެވޭނެއެވެ.) މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://rb.gy/iuf86 ޓީމް ލިސްޓް ހުށަހަޅާ ފޯމް: https://rb.gy/hodxe ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި: 30 އޮކްޓޯބަރ 2023 (ހޯމަ) ދުވަހުގެ 14:00 މުބާރާތުގެ ޤަވާޢިދު މިކައުންސިލުގެ ވެބްސައިޓް https://rb.gy/9kar2އިން ލިބެން ހުންނާނެއެވެ.
|