ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ފެނަކަ އިންޖީނުގެ ސަރަހައްދާއި ގުޅިފައިވާ މަގާއި ގޯޅިތައް ސާފުކޮށް ތަރައްޤީކުރުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްގަސް ނަގައިދީ ބިންސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރުއްގަހާއި ބުމުގެ ތަފްޞީލު
މިސަރަހައްދަކީ، ނ. ކެނދިކުޅުދޫ، އާއިންޖީނުގެ ސަރަހައްދުން އުތުރަށް ކުނިކޮށްޓާއި ދެމެދު އޮތް ސަރަހައްދާއި އިންޖީނުގެ ކުރިމަތިން ހުޅަނގަށް އޮތް ސަރަހައްދު، މިއެވެ. މިއިޢުލާނާއެކު ބިން ހިމެނޭ ސަރަހައްދު އަނގައިދޭ ޗާޓާއި، މި ސަރަހައްދުގައި ހިމެނޭ ރުއްގަހުގެ ތަފްޞީލު ލިސްޓު ޝާއިޢުކުރެވިފައިވާނެއެވެ.
ވީމާ މިދެންނެވި ސަރަޙައްދުގައި ހުރި އެންމެހާ ރުއްގަސް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 09 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން |
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން |
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
|
މާކްސް ދިނުން |
މަސައްކަތުގެ ކޮށްދިނުމަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް އިންސައްތަ) ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް 40% (ސާޅީސް އިންސައްތަ ބެހިފައިވާ ގޮތް)
|
އިތުރު މަޢުލޫމާތު: |
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 ރަބީޢުލްއާޚިރު 1445
26 އޮކްޓޫބަރ 2023