މަސައްކަތް
ނަންބަރު: (IUL)286-CB/286/2023/107
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި:
09 ނޮވެންބަރު 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ފެނަކަ އިންޖީނުގެ ސަރަހައްދާއި ގުޅިފައިވާ މަގާއި ގޯޅިތައް ސާފުކޮށް ތަރައްޤީކުރުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްގަސް ނަގައިދީ ބިންސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރުއްގަހާއި ބުމުގެ ތަފްޞީލު
މިސަރަހައްދަކީ، ނ. ކެނދިކުޅުދޫ، އާއިންޖީނުގެ ސަރަހައްދުން އުތުރަށް ކުނިކޮށްޓާއި ދެމެދު އޮތް ސަރަހައްދާއި އިންޖީނުގެ ކުރިމަތިން ހުޅަނގަށް އޮތް ސަރަހައްދު، މިއެވެ. މިއިޢުލާނާއެކު ބިން ހިމެނޭ ސަރަހައްދު އަނގައިދޭ ޗާޓާއި، މި ސަރަހައްދުގައި ހިމެނޭ ރުއްގަހުގެ ތަފްޞީލު ލިސްޓު ޝާއިޢުކުރެވިފައިވާނެއެވެ.
ވީމާ މިދެންނެވި ސަރަޙައްދުގައި ހުރި އެންމެހާ ރުއްގަސް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 09 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން
|
- ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 01 ނޮވެންބަރު 2023 ވާ ބުދަ ދުވަހު 00:14 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ފޯމް ފުރިހަމަ ކުރަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
- https://forms.office.com/r/xhYV6d5UiA
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 05 ނޮވެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- · ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 09 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- ބިޑް / ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައެއްނުގަނެވޭނެއެވެ.
- ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.
|
މާކްސް ދިނުން
|
މަސައްކަތުގެ ކޮށްދިނުމަށް ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް އިންސައްތަ)
ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް 40% (ސާޅީސް އިންސައްތަ ބެހިފައިވާ ގޮތް)
- މަސައްކަތް ނިންމުމަށް ހުށަހަޅާ މުއަދަތަށް %30 (ތިރީސް އިންސައްތަ)
- މަސައްކަތާއި ގުޅުންހުރި ދާއިރާގެ ތަޖުރިބާއަށް (ދިހަ އިންސައްތަ)
|
އިތުރު މަޢުލޫމާތު:
|
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 ރަބީޢުލްއާޚިރު 1445
26 އޮކްޓޫބަރ 2023