މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
"ނޫސްވެރިކަމުގެ އިނާމު 2022" ގެ އިވެންޓުގެ ކޭޓަރިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ނޫސްވެރިކަމުގެ އިނާމު2022" ގެ އިވެންޓުގެ ކޭޓަރިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ އީމެއިލްގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

 

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތާ އެއްގޮތަށް 02 ނޮވެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިބީލަމާ ގުޅޭ މައުލޫމާތު ޝީޓް މިއިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

09 ރަބީއުލްއާޚިރު  1445 

24 އޮކްޓޫބަރު 2023
ހޯދާ