ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ނޫސްވެރިކަމުގެ އިނާމު2022" ގެ އިވެންޓުގެ ކޭޓަރިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ އީމެއިލްގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތާ އެއްގޮތަށް 02 ނޮވެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިބީލަމާ ގުޅޭ މައުލޫމާތު ޝީޓް މިއިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.
09 ރަބީއުލްއާޚިރު 1445