ދިވެހިރާއްޖެ
ވޭޖް އުޞޫލުން ވަގުތީ އިމާމް / މުދިމް ހޯދުމާއި ގުޅޭ
މަޤާމް: އިމާމް / މުދިމު
ބޭނުންވާ ޢަދަދު: 1
ގިންތި: ވަގުތީ ( ވޭޖް )
ރޭންކު: އިމާމް - ޖީ އެސް 3 / މުދިމު - ޖީ އެސް 1
މުއްދަތު: މީލާދީ 01 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: މަސްޖިދުލް ޚައިރާތީ
މަސައްކަތް ކުރަންޖެހޭ ވަގުތު: މަސައްކަތް ކުރަންޖެހޭނީ ދާއިމީ އިމާމަކު ހަމަޖެހެންދެން ކޮންމެ ނަމާދެއްގެ ވަގުތުގައެވެ.
މުސާރަ އާއި އެލަވަންސް: އިމާމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ( ފަސްދޮޅަސް އެއްރުފިޔާ ) އަދި މުދިމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ( ފަންސާސް ތިންރުފިޔާ )
ތަޢުލީމާއި ތަޖުރިބާ:
- އިމާމު ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
- މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ
- ބަންގި ގޮވާ އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން. ( މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ. )
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ޙާޟިރުވެ، ބަންގިގޮވާ ނަމާދުކުރުން.
- މިސްކިތު މަސައްކަތު މުއައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން، އެގޮތުން މަސައްކަތު މުއައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާގޮތާ ނަމާދުވަގުތުތަކަށް ޙާޟިރުވަމުން ދާގޮތް ރެކޯޑް ފައިލް ބެލެހެއްޓުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުނސިލަށް އެންގުން.
- އަދި ދިމާވާ ކަންކަން ޤަވާޢިދުން ކައުންސިލަށް ރިޕޯޓް ކުރުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
މަޤާމަށް އެދުމުގެ ސުންގަޑި:
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޯބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv/downloads/1515 ވެބްސައިޓުންނާއި ހިންމަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
ޝޯޓްލިސްޓް ކުރުން:
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ އެވެ.
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 05 ނޮވެމްބަރު 2023 އާއި 09 ނޮވެމްބަރު 2023 އާ ދެމެދު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.
" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް ) " ޢާއްމުކުރުން:
އިންޓަރވިއު ބާއްވަތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް ) " ޢާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖް ގައި ޢާއްމުކުރެވޭނެ އެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެ އެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 6642024 ) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިއުންތައް ސިވިލް ސަރވިސް ކޮމިޝަން ގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަންކުރުމުގެ އުޞޫލާގުޅޭ " http://www.csc.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.