ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2023/125
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 29 އޮކްޓޫބަރު 2023 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުޞޫލުން ވަގުތީ އިމާމް / މުދިމް ހޯދުމާއި ގުޅޭ

ވޭޖް އުޞޫލުން ވަގުތީ އިމާމް / މުދިމް ހޯދުމާއި ގުޅޭ

 

            

މަޤާމް: އިމާމް / މުދިމު

ބޭނުންވާ ޢަދަދު:  1

ގިންތި:  ވަގުތީ ( ވޭޖް )

ރޭންކު:  އިމާމް - ޖީ އެސް 3 / މުދިމު - ޖީ އެސް 1

މުއްދަތު: މީލާދީ  01 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  މަސްޖިދުލް ޚައިރާތީ

 

މަސައްކަތް ކުރަންޖެހޭ ވަގުތު: މަސައްކަތް ކުރަންޖެހޭނީ ދާއިމީ އިމާމަކު ހަމަޖެހެންދެން ކޮންމެ ނަމާދެއްގެ ވަގުތުގައެވެ.

 

މުސާރަ އާއި އެލަވަންސް: އިމާމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ( ފަސްދޮޅަސް އެއްރުފިޔާ ) އަދި                މުދިމް – ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ( ފަންސާސް ތިންރުފިޔާ )  

ތަޢުލީމާއި ތަޖުރިބާ:

  • އިމާމު ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ
  • މުދިމް ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ
  • ބަންގި ގޮވާ އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން. ( މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ. )

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ޙާޟިރުވެ، ބަންގިގޮވާ ނަމާދުކުރުން.
  • މިސްކިތު މަސައްކަތު މުއައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން، އެގޮތުން މަސައްކަތު މުއައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާގޮތާ ނަމާދުވަގުތުތަކަށް ޙާޟިރުވަމުން ދާގޮތް ރެކޯޑް ފައިލް ބެލެހެއްޓުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުނސިލަށް އެންގުން.
  • އަދި ދިމާވާ ކަންކަން ޤަވާޢިދުން ކައުންސިލަށް ރިޕޯޓް ކުރުން.

 

ހުށަހަޅަންޖެހޭ ލިއުންތައް:

  • ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯނު ނަންބަރާއި  އީ މެއިލް އެޑްރެސް ހިމެނޭގޮތަށް )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 

މަޤާމަށް އެދުމުގެ ސުންގަޑި:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  29 އޮކްޓޯބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mv/downloads/1515 ވެބްސައިޓުންނާއި ހިންމަފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ  [email protected]  އެވެ.

 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 05 ނޮވެމްބަރު 2023 އާއި 09 ނޮވެމްބަރު 2023 އާ ދެމެދު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.

 

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް ) " ޢާއްމުކުރުން:

އިންޓަރވިއު ބާއްވަތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (  A2 ޝީޓް ) " ޢާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖް ގައި ޢާއްމުކުރެވޭނެ އެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެ އެވެ.

 

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 6642024 ) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިއުންތައް ސިވިލް ސަރވިސް ކޮމިޝަން ގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަންކުރުމުގެ އުޞޫލާގުޅޭ " http://www.csc.mv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

22 އޮކްޓޫބަރު 2023