ދިވެހިރާއްޖެ
ގޯއްޗަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމް
ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި މިއިދާރާއަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން "ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ބަދަލުވިކަން އަންގާ ފޯމް" ފުރިހަމކުރުމަށްފަހު، 2023 އޮކްޓޯބަރ 24 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމް އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
ނޯޓް: ގޯއްޗަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްކުން މިފޯމް ފުރިހަމަކުރައްވަންވާނެއެވެ. ޙާލަތު ބަދަލުނުވާނަ ފޯމުގައި "ހާލަތު ބަދަލެއްނުވޭ" މިބައިގައި ފާހަގަ ޖެއްސެވުމަށްފަހު ފޯމުގެ 1 ވަނަ ނަންބަރު (އާއްމު މަޢުލޫމާތު) އަދި 3 ވަނަ ނަންބަރު (އިޤްރާހު) ފުރިހަމަކުރުމަށްފަހު ފޯމް ހުށަހެޅުއްވުން އެދެމެވެ.
ފުރިހަމަކުރެވިފައިވާ ފޯމް އަދި ގުޅުންހުރި ލިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން، ކައުންސިލްގެ އީމެއިލް އެޑްރެހަށް: [email protected] އީމެއިލްކުރެއްވުން ނުވަތަ ވައިބަރ ނަންބަރ: 4006020 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
މި އިޢުލާނާއިއެކު "ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ބަދަލުވިކަން އަންގާ ފޯމް" އާއްމުކުރީމެވެ.
26 ރަބީޢުލްއައްވަލް 1445
11 އޮކްޓޯބަރ 2023