ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)319/319/2023/41
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 24 އޮކްޓޫބަރު 2023 13:30
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ބަދަލުވިކަން އަންގާ ފޯމް

ގޯއްޗަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމް

ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި މިއިދާރާއަށް ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން "ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ބަދަލުވިކަން އަންގާ ފޯމް" ފުރިހަމކުރުމަށްފަހު، 2023 އޮކްޓޯބަރ 24 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމް އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ނޯޓް: ގޯއްޗަށް އެދި ފޯމް ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްކުން މިފޯމް ފުރިހަމަކުރައްވަންވާނެއެވެ. ޙާލަތު ބަދަލުނުވާނަ ފޯމުގައި "ހާލަތު ބަދަލެއްނުވޭ" މިބައިގައި ފާހަގަ ޖެއްސެވުމަށްފަހު ފޯމުގެ 1 ވަނަ ނަންބަރު (އާއްމު މަޢުލޫމާތު) އަދި 3 ވަނަ ނަންބަރު (އިޤްރާހު) ފުރިހަމަކުރުމަށްފަހު ފޯމް ހުށަހެޅުއްވުން އެދެމެވެ.

ފުރިހަމަކުރެވިފައިވާ ފޯމް އަދި ގުޅުންހުރި ލިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން، ކައުންސިލްގެ އީމެއިލް އެޑްރެހަށް: [email protected] އީމެއިލްކުރެއްވުން  ނުވަތަ ވައިބަރ ނަންބަރ: 4006020 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

މި އިޢުލާނާއިއެކު "ބ.މާޅޮހުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ބަދަލުވިކަން އަންގާ ފޯމް" އާއްމުކުރީމެވެ.

26 ރަބީޢުލްއައްވަލް 1445

11 އޮކްޓޯބަރ   2023

11 އޮކްޓޫބަރު 2023