ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީގައި ކަމަށްވުމާއެކު، ތިރީގައި ދެންނެވިފައިވާ ކޭޓަރިންގ ޚިދުމަތް އެރަށުގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު A/IUL/2015/15-ފ123 (19 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ކެޓަގަރީ |
ބޭނުންވާ އަދަދު |
ޚިދުމަތް |
1
|
250 |
ޑިނަރ (21 އެޕްރީލް 2015، 21:00) |
500 |
ރިފްރެޝްމަންޓް (22 އެޕްރީލް 2015، 21:00) |
|
150 |
ހަވީރު ސައި (23 އެޕްރީލް 2015، 16:00) |
|
150 |
ހަވީރު ސައި (22 އެޕްރީލް 2015، 18:00) |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ހދ.ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
14 ޖުމާދަލްއޫލާ 1436