މަސައްކަތް
ނަންބަރު: 123-A/IUL/2015/15
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 15 މާރިޗު 2015 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކޭޓަރިންގ ޚިދުމަތް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީގައި ކަމަށްވުމާއެކު، ތިރީގައި ދެންނެވިފައިވާ ކޭޓަރިންގ ޚިދުމަތް އެރަށުގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު A/IUL/2015/15-ފ123 (19 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ކެޓަގަރީ

ބޭނުންވާ އަދަދު

ޚިދުމަތް

1

 

250

ޑިނަރ (21 އެޕްރީލް 2015، 21:00)

500

ރިފްރެޝްމަންޓް (22 އެޕްރީލް 2015، 21:00)

150

ހަވީރު ސައި (23 އެޕްރީލް 2015، 16:00)

150

ހަވީރު ސައި (22 އެޕްރީލް 2015، 18:00)

 

 

 

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ހދ.ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015