ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ރެހެންދި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކޮށްލުމަށް ހަދާ ހިޔާގަނޑު އިންސްޓޯލް ކޮށްދިނުން

ރެހެންދި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކޮށްލުމަށްހަދާ ހިޔާގަނޑު އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން ނަމްބަރ: (IUL)RS/1/2023/206 (21 ސެޕްޓެމްބަރ 2023) އާ ގުޅިގެން ހުށަހެޅި ބިޑްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 09 އޮކްޓޫބަރ 2023 ން 12 އޮކްޓޫބަރ 2023 ގެ 14:00 ގެ ކުރިން އިއުލާން ގައިވާ ބިޑްރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 10:30 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  4. އިއުލާނާ އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

ބިޑް ރެޖިސްޓްރޭޝަން ފޯރމް ލިންކް:  https://forms.gle/mAGJ9VyYXGMPSmH37

 

09 އޮކްޓޫބަރ 2023

09 އޮކްޓޫބަރު 2023
ހޯދާ