މަސައްކަތް
ނަންބަރު: (IUL)RS/1/2023/214
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި:
12 އޮކްޓޫބަރު 2023 14:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރެހެންދި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކޮށްލުމަށް ހަދާ ހިޔާގަނޑު އިންސްޓޯލް ކޮށްދިނުން
ރެހެންދި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ސްކޫލު ކައިރީގައި މަޑުކޮށްލުމަށްހަދާ ހިޔާގަނޑު އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާން ނަމްބަރ: (IUL)RS/1/2023/206 (21 ސެޕްޓެމްބަރ 2023) އާ ގުޅިގެން ހުށަހެޅި ބިޑްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 09 އޮކްޓޫބަރ 2023 ން 12 އޮކްޓޫބަރ 2023 ގެ 14:00 ގެ ކުރިން އިއުލާން ގައިވާ ބިޑްރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 10:30 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- އިއުލާނާ އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3359902، 3359900
އީ-މެއިލް: [email protected]
ބިޑް ރެޖިސްޓްރޭޝަން ފޯރމް ލިންކް: https://forms.gle/mAGJ9VyYXGMPSmH37
09 އޮކްޓޫބަރ 2023
09 އޮކްޓޫބަރު 2023