ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/144
އިޢުލާން
ހަނިމާދޫ ކައުންސިލް ޤުރުޢާން ކުލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދުމާއި ގުޅޭ.
ޢުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެޖިންސުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޤުރުއާން ކިޔަވައިދޭ ކްލާހެއް ހިންގުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މީލާދީ ކޮންމެ މަހަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ޤުރުޢާން ކުލާހަށް ވަނުމަށް އެދި ހުށައަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، މިކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. މިފޯމް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް) މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ހުށައަޅާނީ 2023 އޮކްޓޫބަރު 09 ވާ ހޯމަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލްގެ އިދާރާއަށެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
24 ރަބީޢުލްއަޢްވަލް 1445
09 އޮކްޓޫބަރު 2023