ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2023/144
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 30 އޮކްޓޫބަރު 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް ޤުރުޢާން ކުލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދުމާއި ގުޅޭ.

 ނަންބަރ: (IUL)258/258/2023/144

                 

 

އިޢުލާން

     

ހަނިމާދޫ ކައުންސިލް ޤުރުޢާން ކުލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދުމާއި ގުޅޭ.

 ޢުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެޖިންސުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޤުރުއާން ކިޔަވައިދޭ ކްލާހެއް ހިންގުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މީލާދީ ކޮންމެ މަހަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ޤުރުޢާން ކުލާހަށް ވަނުމަށް އެދި ހުށައަޅާ ފޯމު"  ފުރިހަމަ ކުރުމަށްފަހު، މިކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. މިފޯމް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް) މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ހުށައަޅާނީ 2023 އޮކްޓޫބަރު 09 ވާ ހޯމަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލްގެ އިދާރާއަށެވެ.

 ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

 24 ރަބީޢުލްއަޢްވަލް 1445

 09 އޮކްޓޫބަރު 2023

09 އޮކްޓޫބަރު 2023