ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ނަންބަރު:(IUL)195-C/195/2023/40

ތާރީޚް: 05 އޮކްޓޫބަރު 2023

މަޤާމު

އިސް ޤާޟީ

މި މަޤާމަކީ ސިވިލް ކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.

މުސާރަޔާއި އިނާޔަތްތައް

އަސާސީ މުސާރަ (މަހަކު)

31,000.00 ރުފިޔާ

ލިވިންގ އެލަވަންސް (މަހަކު)

15,000.00 ރުފިޔާ

ރިސްކް އެލަވަންސް (މަހަކު)

1,650.00 ރުފިޔާ

މެޑިކަލް އިންޝުއަރެންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ފޯނު އެލަވަންސް

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުތު

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން.

އިސް ޤާޟީކަމަށް އެދި ހުށަހެޅުން

އިސްފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާނީ މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ.  ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

19 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 12:00 އެވެ.

ގަވާއިދު

މި އިޢުލާންގައިވާ އިސް ޤާޟީކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv އިން ލިބޭނެއެވެ.

އިތުރު މަޢުލޫމަތު ސާފުކުރުން

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.

05 އޮކްޓޫބަރު 2023
ހޯދާ