ދިވެހިރާއްޖެ
ސިވިލް ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު |
ނަންބަރު:(IUL)195-C/195/2023/40 |
|
ތާރީޚް: 05 އޮކްޓޫބަރު 2023 |
||
މަޤާމު |
އިސް ޤާޟީ |
|
މި މަޤާމަކީ ސިވިލް ކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. |
||
މުސާރަޔާއި އިނާޔަތްތައް |
||
އަސާސީ މުސާރަ (މަހަކު) |
31,000.00 ރުފިޔާ |
|
ލިވިންގ އެލަވަންސް (މަހަކު) |
15,000.00 ރުފިޔާ |
|
ރިސްކް އެލަވަންސް (މަހަކު) |
1,650.00 ރުފިޔާ |
|
މެޑިކަލް އިންޝުއަރެންސް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ފޯނު އެލަވަންސް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުތު |
މި މަގާމަށް ކުރިމަތިލާ ފަރާތަކީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށްވުން. |
|
އިސް ޤާޟީކަމަށް އެދި ހުށަހެޅުން |
އިސްފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާނީ މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. |
|
ސުންގަޑި |
19 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 12:00 އެވެ. |
|
ގަވާއިދު |
މި އިޢުލާންގައިވާ އިސް ޤާޟީކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓު www.jsc.gov.mv އިން ލިބޭނެއެވެ. |
|
އިތުރު މަޢުލޫމަތު ސާފުކުރުން |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |