މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓްގައި 1 އޭސީ އިންސްޓޯލްކުރުން.

މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓް

            ބ. ދޮންފަން

              ދިވެހިރާއްޖެ.

 

 

 

                                              ނަންބަރު  F7C-A/2023/13

އިޢުލާން

ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓްގައި 1 އޭސީ އިންސްޓޯލްކުރުން.

     

        ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ރޫމްގައި ހަލާކުވެފައިހުރި  އެއަރކޮންޑިސަން ނެގުމަށްފަހު އައު އެއަރކޮންޑިޝަންއެއް އިންސްޓޯލްކުރަންބޭނުންވެ، 28 އޯގަސްޓް 2023ގައި ކޮށްފައިވާ މިކޯޓުގެ ނަމްބަރު F7C-A/2023/11 އިޢުލާނަށް އިޖާބަދީ އަންދާސީ ހިސާބުހުށަހަޅާފައިވަނީ ދެފަރާތަކުންކަމަށް ވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެމަސައްކަތްކުރުމަށް ހުޅުވާލަމެވެ. ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 އޮކުޓޫބަރު 2023 ވާ ބުދަ ދުވަހުގެ  11:00 އަށް ބ.ދޮންފަނު މެޖިސްޓްރޭޓްކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 16 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

      އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.      

04 އޮކްޓޫބަރު 2023
ހޯދާ