ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު މެޖިސްޓްރޭޓް ކޯޓް ބ. ދޮންފަން ދިވެހިރާއްޖެ.
|
ނަންބަރު F7C-A/2023/13
އިޢުލާން
ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓްގައި 1 އޭސީ އިންސްޓޯލްކުރުން.
ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ރޫމްގައި ހަލާކުވެފައިހުރި އެއަރކޮންޑިސަން ނެގުމަށްފަހު އައު އެއަރކޮންޑިޝަންއެއް އިންސްޓޯލްކުރަންބޭނުންވެ، 28 އޯގަސްޓް 2023ގައި ކޮށްފައިވާ މިކޯޓުގެ ނަމްބަރު F7C-A/2023/11 އިޢުލާނަށް އިޖާބަދީ އަންދާސީ ހިސާބުހުށަހަޅާފައިވަނީ ދެފަރާތަކުންކަމަށް ވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެމަސައްކަތްކުރުމަށް ހުޅުވާލަމެވެ. ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 އޮކުޓޫބަރު 2023 ވާ ބުދަ ދުވަހުގެ 11:00 އަށް ބ.ދޮންފަނު މެޖިސްޓްރޭޓްކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 16 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.