ދިވެހިރާއްޖެ
30 ވަނަ " އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 23 އިން 27 އަށް މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 30 ވަނަ " އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.
މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު
1- ޢުމުރުން 30 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ނުވުން.
2- މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުން.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޙާފިޡް ކަމުގެ ސަނަދު 9 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected]" އަށް މެއިލް ކުރެއްވުން އެދެމެވެ.
މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.