މުބާރާތް
ނަންބަރު: (IUL)160-AS/1/2023/40
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 17:56
ސުންގަޑި: 09 އޮކްޓޫބަރު 2023 10:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
30 ވަނަ " އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

30 ވަނަ " އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 23 އިން 27 އަށް މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 30 ވަނަ " އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރްއާން، އިޖިޕްޓް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-     ޢުމުރުން 30 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ނުވުން.

2-     މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޙާފިޡް ކަމުގެ ސަނަދު 9 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected]" އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

03 އޮކްޓޫބަރު 2023