ދިވެހިރާއްޖެ
މި މިނިސްޓްރީ ނަންބަރު (IUL)471-HDS3/471/2023/330 (24 ސެޕްޓެމްބަރ 2023) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
މި މިނިސްޓްރީން ކުރިޔަށްގެންދާ ގެދޮރުވެރިން ސްކީމްގެ ދެވަނަ ފިޔަވީގެ ދަށުން 300 ފްލެޓް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ގެދޮރުވެރިޔާ ނަންބަރ 32-G-2023 އުޞޫލުގެ 3 ވަނަ މާއްދާގެ (ނ) ވަނީ އަންނަނިވިގޮތަށް އިސްލާޙްކުރެވިފައެވެ.
3. (ނ) "މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި-އެޕްލިކަންޓް)، ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 (ފަނަރަ) އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން. (ހަމައެކަނިމައި-އެޕްލިކަންޓް) ނުވަތަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުންގެންދާތާ 15 (ފަނަރަ) އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން". (ހަމައެކަނި މައި-އެޕްލިކަންޓް)
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.