ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 471-HDS3/471/2023/338
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:52
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު: 32-ޖީ/2023، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލަށް 1 ވަނަ އިސްލާޙު ގެނައުމާއިގުޅޭ

މި މިނިސްޓްރީ ނަންބަރު (IUL)471-HDS3/471/2023/330 (24 ސެޕްޓެމްބަރ 2023) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

 

މި މިނިސްޓްރީން ކުރިޔަށްގެންދާ ގެދޮރުވެރިން ސްކީމްގެ ދެވަނަ ފިޔަވީގެ ދަށުން 300 ފްލެޓް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ގެދޮރުވެރިޔާ ނަންބަރ 32-G-2023 އުޞޫލުގެ 3 ވަނަ މާއްދާގެ (ނ) ވަނީ އަންނަނިވިގޮތަށް އިސްލާޙްކުރެވިފައެވެ.

3. (ނ) "މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން  (ހަމައެކަނި މައި-އެޕްލިކަންޓް)، ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 (ފަނަރަ) އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން. (ހަމައެކަނިމައި-އެޕްލިކަންޓް) ނުވަތަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުންގެންދާތާ 15 (ފަނަރަ) އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން". (ހަމައެކަނި މައި-އެޕްލިކަންޓް)

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2023