ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއި ގުޅޭ

ނަންބަރ: (IUL)258/258/2023/139

 

 

އިޢުލާން

 

ހަނިމާދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއިގުޅޭ

 

މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، ތިރީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން ކުންފުނީގެ "މިނިވަން ޑިރެކްޓަރ" ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 03 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް :[email protected]  އަށް އީމެއިލް ކޮއްދެވުންއެދެމެވެ.

މިނިވަން ޑިރެކްޓަރެއްގެ ޝަރުތު:

1-      އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.

2-      ބުއްދިސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-      ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

4-      ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-      ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމުން ކަނޑައެޅުނު އަދަބު މާޢާފު ކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން.

6-      މި މާއްދާގެ (5) އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދު ޙިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

7-      މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުމާއިއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

8-      ވޭތުދިޔަ 2 އަހަރުގެ ތެރޭގައި، ކައުންސިލުގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.

9-      ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޙިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

1-      ލެޓާ އޮފް އިންޓަރެސްޓް

2-      ސީވީ

3-      ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

4-      ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ

 

06 ރަބީއުލްއައްވަލު 1445

 21  ސެޕްޓެމްބަރ 2023

 

 

21 ސެޕްޓެންބަރު 2023
ހޯދާ