ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/139
އިޢުލާން
ހަނިމާދޫ އައިލެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއިގުޅޭ
މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، ތިރީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން ކުންފުނީގެ "މިނިވަން ޑިރެކްޓަރ" ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 03 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް :[email protected] އަށް އީމެއިލް ކޮއްދެވުންއެދެމެވެ.
މިނިވަން ޑިރެކްޓަރެއްގެ ޝަރުތު:
1- އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
2- ބުއްދިސަލާމަތުންހުރި މީހެއް ކަމުގައިވުން.
3- ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
4- ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.
5- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމުން ކަނޑައެޅުނު އަދަބު މާޢާފު ކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން.
6- މި މާއްދާގެ (5) އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދު ޙިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
7- މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުމާއިއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
8- ވޭތުދިޔަ 2 އަހަރުގެ ތެރޭގައި، ކައުންސިލުގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.
9- ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޙިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.
ހުށައަޅަންޖެހޭ ލިޔުންތައް:
1- ލެޓާ އޮފް އިންޓަރެސްޓް
2- ސީވީ
3- ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
4- ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ
06 ރަބީއުލްއައްވަލު 1445
21 ސެޕްޓެމްބަރ 2023