ދިވެހިރާއްޖެ
އިޢުލާން
اقرأ ބުކްފެއާރ 2023
އިއުލާން ނަންބަރު: IUMH-AD/I/2023/09
ތާރީޚް: 09 ނޮވެމްބަރ އިން 12 ނޮވެމްބަރ 2023 އަށް –(4 ދުވަސް)
އިންތިޒާމް ކުރާ ފަރާތް: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އައިޔޫއެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް
ބުކްފެއަރ އޮންނަ ތަން: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލު
ބުކްފެއާރ ހުޅުވާފައި ހުންނާނެ ގަޑިތައް
- ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހުޅުވާފައި ހުންނާނެ ގަޑިތައް:
1. ހެނދުނު 9:00 ން މެންދުރު 12:00 އަށް
2. މެންދުރުފަސް 1:00 ން ހަވީރު 6:00 އަށް
3. ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށް
ބަންދު ގަޑިތައް:
މެންދުރު 12:00 އިން 1:00 އަށް
ހަވީރު 6:00 އިން 8:00 އަށް
- ހުކުރު ދުވަހުގައި ބުކްފެއާރ ހުޅުވާފައި ހުންނާނެ ގަޑިތައް:
1. މެންދުރުފަސް 2:00 ން ހަވީރު 6:00 އަށް
2. ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށް
މަޤްޞަދު:
- ހެޔޮ އަގުގައި ފޮތް ވިއްކުމަށް އަދި ގިނަ ބަޔަކަށް އެއްތަނަކުން އެކި ބާވަތުގެ ފޮތް ގަންނަން ލިބޭނެ މާހައުލެއް އުފެއްދުން.
- ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން.
- ފޮތް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލުން.
- ބޭރު ޤައުމު ތަކުގެ ޕަބްލިޝަރުންގެ ފޮތްތައް ފަސޭހައިން ލިބުމަށް މަގުފަހިވުން.
ބައިވެރިވެވޭ ފަރާތްތައް:
ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކުގެ ބުކްޝޮޕްތަކާއި، ލިޔުންތެރިންނާއި، ޕަބްލިޝަރުން އަދި ޕްރިންޓްކުރާ ފަރާތްތަކާއި އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން އިންސްޓިޓިއުޓްތައް
ބުކްފެއާރގައި ރަޖިސްޓްރީ ކުރާނެގޮތް:
- ބުކްފެއާރ ގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ހުށަހެޅުން.
- ބައިވެރިވާ ކޮންމެ ފަރާތަކަށް ސްޓޯލެއް ދޫކުރެވޭނެ، ސްޓޯލް ދޫކުރާނީ 24 ގަޑިއިރަށް 1 މޭޒަށް އަމިއްލަ ފަރާތްތަކަށް 100.00 ރުފިޔާގެ އުސޫލުން އަދި ކުންފުނިތަކަށް 200.00 ރުފިޔާގެ އުސޫލުން.
- ސްޓޯލް ދޫކުރެވޭނީ ސްޓޯލަށް ދައްކަންޖެހޭ ފީގެ %50 ދެއްކުމުން، ފައިސާ ދައްކާ ތަރުތީބުން.
ބުކްފެއަރގައި ބެހެއްޓޭނެ ތަކެތި:
- ދިވެހި، ޢަރަބި، އަދި އިގިރޭސި ބަހުން ހުންނަ ފޮތާއި މަޖައްލާ، އަދި އޯޑިއޯ ވިޝުއަލް ތަކެތި.
- އިސްލާމް ދީނާއި ޚިލާފު ވާހަކައާއި މަޢުލޫމާތު ނުހުންނަ ތަކެތި.
- ފޮތް ލިޔެފައިހުންނަ ބަހުގެ ފެންވަރުދަށް ނޫންތަކެތި.
- ވިއްކުމަށް އެކަށޭނަ ފެންވަރު ރަނގަޅު ތަކެތި.
ޔުނިވަރސިޓީއިން ފޯރުކޮށްދޭ ޚިދުމަތް/ތަކެތި:
- ސްޓޯލްގައި ބަހައްޓާ މޭޒު 4x2 ފޫޓުގެ އިޚުތިޔާރު ކުރާ ޢަދަދަށް
- 2 ގޮނޑި
- އެފަރާތްތަކަށް ދޫކުރެވޭ ޖާގަ
- އިޝްތިހާރު ބޯޑު ބެހެއްޓުމަށް ޕޯރޓިކޯގެ ޖާގަ
ރަޖިސްޓްރީ ވުން:
- މިބުކްފެއަރ ގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން "ބުކްފެއާރ ގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ތަކެއްޗާއެކު 09 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
އެހެނިހެން:
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އައިޔޫއެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް: 3001885 އަދި އައިޔޫއެމްގެ ލައިބްރަރީ: 3022131 އަށެވެ.