ދެންނެވުން
ނަންބަރު: IUMH-AD/I/2023/09
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 09 އޮކްޓޫބަރު 2023 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައިޔޫއެމް اقرأ ބުކްފެއަރ 2023

އިޢުލާން

اقرأ ބުކްފެއާރ 2023

އިއުލާން ނަންބަރު:  IUMH-AD/I/2023/09

 

ތާރީޚް: 09 ނޮވެމްބަރ އިން 12 ނޮވެމްބަރ 2023 އަށް –(4 ދުވަސް)

އިންތިޒާމް ކުރާ ފަރާތް: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އައިޔޫއެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް

ބުކްފެއަރ އޮންނަ ތަން: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލު

 

ބުކްފެއާރ ހުޅުވާފައި ހުންނާނެ ގަޑިތައް

  • ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހުޅުވާފައި ހުންނާނެ ގަޑިތައް:

 1. ހެނދުނު 9:00 ން މެންދުރު 12:00 އަށް

 2. މެންދުރުފަސް 1:00 ން ހަވީރު 6:00 އަށް

 3. ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށް

 

ބަންދު ގަޑިތައް:

 މެންދުރު 12:00 އިން 1:00 އަށް

 ހަވީރު 6:00  އިން 8:00 އަށް

 

  • ހުކުރު ދުވަހުގައި ބުކްފެއާރ ހުޅުވާފައި ހުންނާނެ ގަޑިތައް:

1. މެންދުރުފަސް 2:00 ން ހަވީރު 6:00 އަށް

2. ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށް

 

 

މަޤްޞަދު:

  • ހެޔޮ އަގުގައި ފޮތް ވިއްކުމަށް އަދި ގިނަ ބަޔަކަށް އެއްތަނަކުން އެކި ބާވަތުގެ ފޮތް ގަންނަން ލިބޭނެ މާހައުލެއް އުފެއްދުން.
  • ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން.
  • ފޮތް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލުން.
  • ބޭރު ޤައުމު ތަކުގެ ޕަބްލިޝަރުންގެ ފޮތްތައް ފަސޭހައިން ލިބުމަށް މަގުފަހިވުން.

 

 

ބައިވެރިވެވޭ ފަރާތްތައް:

ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކުގެ ބުކްޝޮޕްތަކާއި، ލިޔުންތެރިންނާއި، ޕަބްލިޝަރުން އަދި ޕްރިންޓްކުރާ ފަރާތްތަކާއި އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން އިންސްޓިޓިއުޓްތައް     

ބުކްފެއާރގައި ރަޖިސްޓްރީ ކުރާނެގޮތް:

  • ބުކްފެއާރ ގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް  ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ހުށަހެޅުން.
  • ބައިވެރިވާ ކޮންމެ ފަރާތަކަށް ސްޓޯލެއް ދޫކުރެވޭނެ، ސްޓޯލް ދޫކުރާނީ 24 ގަޑިއިރަށް 1 މޭޒަށް އަމިއްލަ ފަރާތްތަކަށް  100.00 ރުފިޔާގެ އުސޫލުން އަދި ކުންފުނިތަކަށް 200.00 ރުފިޔާގެ އުސޫލުން.
  • ސްޓޯލް ދޫކުރެވޭނީ ސްޓޯލަށް ދައްކަންޖެހޭ ފީގެ %50 ދެއްކުމުން، ފައިސާ ދައްކާ ތަރުތީބުން.

 

ބުކްފެއަރގައި ބެހެއްޓޭނެ ތަކެތި:

  • ދިވެހި، ޢަރަބި، އަދި އިގިރޭސި ބަހުން ހުންނަ ފޮތާއި މަޖައްލާ، އަދި އޯޑިއޯ ވިޝުއަލް ތަކެތި.
  • އިސްލާމް ދީނާއި ޚިލާފު ވާހަކައާއި މަޢުލޫމާތު ނުހުންނަ ތަކެތި.
  • ފޮތް ލިޔެފައިހުންނަ ބަހުގެ ފެންވަރުދަށް ނޫންތަކެތި.
  • ވިއްކުމަށް އެކަށޭނަ ފެންވަރު ރަނގަޅު ތަކެތި.

 

ޔުނިވަރސިޓީއިން ފޯރުކޮށްދޭ ޚިދުމަތް/ތަކެތި:

  • ސްޓޯލްގައި ބަހައްޓާ މޭޒު 4x2 ފޫޓުގެ އިޚުތިޔާރު ކުރާ ޢަދަދަށް
  • 2 ގޮނޑި
  • އެފަރާތްތަކަށް ދޫކުރެވޭ ޖާގަ
  • އިޝްތިހާރު ބޯޑު ބެހެއްޓުމަށް ޕޯރޓިކޯގެ ޖާގަ

ރަޖިސްޓްރީ ވުން:

  • މިބުކްފެއަރ ގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން "ބުކްފެއާރ ގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ތަކެއްޗާއެކު 09 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

އެހެނިހެން:

  • ސްޓޯލެއްގެ ބެނަރ، ޕޯސްޓަރ ފަދަ ތަކެތި އަދި ފޮތް ހަރުތަކާއި އަމިއްލަ އަށް ބަހައްޓާ މޭޒު ފަދަތަކެތި ބަހައްޓާނީ އެފަރާތަކަށް ދެވިފައިވާ ޖާގައިގައި.
  • މަޢުރަޒު ހިނގަމުންދާއިރު އެ ސްޓޯލެއްގެ ފޮތް ފަދަ ތަކެތި، އިލެކްޓްރޯނިކް ތަކެތި އަދި ފައިސާ ފަދަތަކެއްޗަށް ރައްކާތެރިވުމުގައި ޒިންމާވާންޖެހޭނީ އެފަރާތަކުން.
  • ސްޓޯލްގައި ތިބޭ މުވައްޒަފުން ހެދުން އެޅުމާއި މުޢާމަލާތް ކުރުމުގައި އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށް ސްޓޯލްގެ ވެރިފަރާތުން އިރުޝާދު ދިނުމާއި އެކަން ކަށަވަރުކުރުން.
  • ސްޓޯލްގައި ގެންގުޅޭ ހުރިހާ ސާމާނެއް ރަނގަޅަށް ތަރުތީބު ކުރެވިފައި ހުރުން އަދި     
  • ތަނުގެ ސާފުތާހިރުކަން ހިފެހެއްޓުން.
  • މުވައްޒަފުންނަށް ދޫކުރެވޭ ފާސް ސްޓޯލްގައި މަސައްކަތްކުރާއިރު އަބަދުވެސް ކަރުގައި އަޅާފައި އޮތުން.       
  • އަދި މަޢުރަޒު ނިމުމުން އައިޔޫއެމް ހޯލްޑިންގސްއާއި ފާސް ޙަވާލުކުރުން.
  • މަޢުރަޒަށް ތައްޔާރުވުމުގައި އައި.ޔޫ.އެމް ހޯލްޑިންގސްއިން ކަނޑައަޅާ ވަގުތަށް ތައްޔާރުކޮށް ނިންމުމާއި އަދި މަޢުރަޒު ނިމުމުން ކަނޑައަޅާ ވަގުތަށް ސްޓޯލް ހުސްކުރުން.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އައިޔޫއެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް: 3001885 އަދި އައިޔޫއެމްގެ ލައިބްރަރީ: 3022131  އަށެވެ.

 

 

 

19 ސެޕްޓެންބަރު 2023